ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި 3 ސިޓީއެއްގައި ދީނީ ތަގުރީރު ކުރައްވާނެ ކަަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް އަފްރާހު "ދަ ޕްރެސް" އަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އޮކްޓޫބަރު 28 އިން 31 އަށް މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރު ފުޅުގައި މާލެއާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދީނީ ތަގުރީރު ކުރައްވާނެ ކަމަށެވެ.

މީގެ ކުރި 2020 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓަރީގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަތްފައިވާއިރު އެ ދަތުރުގައި މުފްތީ މެންކް ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައިވެސް ވަނީ ދަރުހެއްދެއްވާފައެވެ.

މުސްލިމުން އިސްލާމްދީނާ ދުރަށް ދިއުމާ ބެހޭގޮތުން ދެއްވާ އެ ދަރުސްގައި ދީނާ ދުރަށް މުސްލިމުން ދިއުމަށް މެދުވެރިވާ ސަބަބުތަކާއި އަނބުރާ ދީނަށް ގެނެވޭނެ ގޮތާ ބެހޭގޮތުން އައްޑޫ ސިޓީގައި ދަރުހެއް ދެއްވާފައިވާއިރު އިސްލާމްދީން މާނަކުރާއިރު މާނަކުރަން ޖެހޭ އަސްލު ގޮތާ ބެހޭގޮތުން ދަރުހެއް ދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ މުފްތީ ވަނީ ދެއްވާފައެވެ. 2018 ވަނަ އަހަރު ތެރޭގައިވެސް މުފްތީ ވަނީ ރާއްޖެ ވަޑަައިގެންފައެވެ.