50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން ޗާޕު ކޮށްގެން ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އެ ނޫޓުތައް ޗާޕްކޮށްގެން ގެނައީ އިއްޔެ ކަމަށެވެ.

އެ ނޫޓްތައް މިހާރު ހުރީ ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ ކަރުދާސް ނޫޓަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓެވެ.

އެ ކަރުދާހުގެ ގޮތުގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ.

ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައި ވަނީ ޖެނުއަރީ، 26، 2016 ގައެވެ.