ރޭ އެމްއެންޕީގެ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ދެއްކެވި ވާހަކަތަކަށް ޖުމްހޫރީ ޕާޓީއިން ހޫނު ރައްދެއް ދީފިއެވެ.
ޖޭޕީއިން އެފަދަ ރައްދެއް ދީފައި ވަނީ ނާޒިމް އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ކުރައްވާ ފަހުން ޖޭޕީ ދޫކުރައްވައި އަމިއްލަ ޕާޓީއެއް، އެމްއެންޕީ އުފައްދަވާ ސިޔާސީ ޕާޓީތަކާ ގުޅުވާ ވާހަކަތަކެއް ދެެއްކެވުމާ ގުޅިގެންނެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި ގިނައީ އަމިއްލަ މަސްލަހަތު ހިމާތް ކުރުމަށް ހަދާފައިވާ ޒިންމާދާރުކަން ކުޑަ ޕާޓީތަކެއް ކަމަށާއި އެ ޕާޓީތަކުން އިންތިހާބުތަކުގައި ވާދަ ނުކުރާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓަކު ވާދަކުރުމަށް ނިންމާފައި ވާކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީ ވާނީ އަމިއްލަ މަސްލަހަތު ހިމާތްކުރަން އެހެން ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ނިމުމެއް ގެންނާނެ ޕާޓީއަކަށް ކަމަށެވެ.
ޖޭޕީގެ ތަރުޖަމާނު އަދި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ އަލީ ސޯލިހް ވަނީ އެ ޕާޓީގެ ބުރަކަށީގައި ހިންގަވާ އެޕާޓީގެ ނަމުގައި މަޖިލީހަށް ހޮވިވަޑައިގަތުމުން ހޮވުނީ ޖޭޕީން ނޫން ކަމަށް ވިދާޅުވާ ބޭފުޅުން މެންބަރުކަމުން އިސްތިއުފާ ދެއްވާ އަލުން އެ ދާއިރާތަކަށް ވާދަކުރައްވަން ކެރިވަޑައިގަންނަވާނެތޯ އައްސަވާފައެވެ.
މީގެ ކުރިން ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްވެސް ވަނީ ޖޭޕީ ދޫކޮށް ދިޔަ މިހާރުގެ އެމްއެންޕީގެ މެންބަރުންނަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ ޖޭޕީއިން ނިކުމެ ބަޔަކު ގޮސް މަސައްކަތްތަކެއް ކުރާތަން ފެނިވަޑައިގަތީމާ އުފާ ކުރައްވާ ކަމަށާއި އެފަދަ ހިއްވަރެއް ލިބޭނީ ޖޭޕީގެ ތެރެއިން އެފަދަ ތަރުބިއްޔަތެއް ލިބިފައި ވާތީ ކަމަށެވެ.
މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމަކީ ޖޭޕީގެ މެންބަރެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަތީ މަގާމުތަކުގައި ޖޭޕީގެ މެންބަރުން ތިބި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ އިންސްޓިޓިއުޝަންތަކުގެ ތެރެއިން ނުކުމެގެން ދާ މީހުންގެ "ކޮލިޓީއެއް" ހުރި ކަމަށާއި ބޭނުންތެރިކަމެއް އެބަހުރިކަމަށް ގާސިމް ވިދާޅުވިއެވެ.
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން އެޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒުވެސް ރައްޔިތުން މަޖިލީހަށް ވާދަކުރައްވާ ކާމިޔާބުކުރެއްވީ ޖޭޕީގެ ޓިކެޓުގައެވެ.
މިރާއްޖޭގެ ސިޔާސީ ހާލަތު. ދައުރު ނިމެންކައިރިވީމަ ކޮންމެވެސް އެއްޗެކޭ ކިޔާ ދެމީހަކު ޒުވާބުކުރުން. ދެންތިބި މީހުން އަނގަނަގައިގެން ތިބުން.
ގާސިމު ތިޔައެއްނެނަކީ ވެސް ދެފުއްދެގޮތް މުނާފިގުން ކާންދޭއަތުގަ ދަތް އަޅާ މީހުން ވަލުޖަނަވާރުވެސް ދަނޭ އޭތިބަލާ ގެންގުޅުނުމީހާ އެވަރުވެސް އިންސާނީ ސިފަޖަނަވާރުންނުދަނޭ