14 ރަށެއްގައި ކުޑަކުދިންގެ ޕާކު އަޅަން ބޭނުންވާ ސާމާނު ޔޫތު މިނިސްޓްރީން ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

ކުޑަކުދިންގެ ޕާކް ހަދަން ތަކެތި ހަވާލުކުރި ރަށްރަށަކީ ހދ. ނޭކުރެންދޫ، ށ. ކަނޑިތީމު، މާއުނގޫދޫ، ނ. ނަރުދޫ، މަގޫދޫ، ބ. ކަމަދޫ، ދަރަވަންދޫ، އއ. ބޮޑުފުޅަދޫ، އަދި ދ. ރިނބުދޫއާއި މީދޫގެ އިތުރަށް ތ. ތިމަރަފުށި ގާދިއްފުށި އަދި ގުރައިދޫގެ އިތުރުން ލ. މުންޑޫއެވެ.

ޕާކު އަޅަން ބޭނުންވާ ސާމާނު މިރަށްތަކަށް ހަވާލުކޮށްފައިވަނީ ޔޫތު މިނިސްޓްރީން މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަލޮޅު ދަނޑުގައެވެ.

މި ރަސްމިއްޔާތުގައި މި 14 ރަށުގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ކައުންސިލް މެންބަރުން ވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްރަށުގައި 130 އަށް ވުރެ ގިނަ ޕާކު ތަރައްގީކުރުމަށް ރަށްރަށާ ތަކެތި ހަވާލުކުރި ނަމަވެސް ބައެއް ރަށްރަށުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށެވެ.

އެހެންވެ އެކަން ވީހާ ވެސް އަވަހަކަށް ނިންމުމަށް އެދިވަޑައިގަތެވެ. އެކަން ނިންމުމަށް މަހްލޫފު އިލްތިމާސްކުރެއްވިއެވެ.