ސައުދި އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ރާއްޖޭގެ އަހުމަދު ނަބީހު އަބްދުލްގާދިރު ފައިނަލަށް ދަތުރުކޮށްފިއެވެ.

އެ މުބާރާތުގައި ނަބީހުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރު، ޔޫޝައު ޒަމްޒަމް ފާރިޝް އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނައިރު އެ މުބާރާތް ކުރިއަށް ދަނީ މި މަހުގެ 10 ވަނަ ދުވަހު މި މަހުގެ 21 ވަނަ ދުވަހަށެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ 42 ވަނަ ކިންގް އަބްދުލް އަޒީޒް އިންޓަ ނޭޝަނަލް މުބާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ދެ ބައިވެރިން ފުރަތަމަ ބުރުގައި ކިޔަވައި ނިންމާފައިވާ ކަމަށާއި ދެވަނަ ބުރާއި ފައިނަލް ބުރަށް ނަބީހު ހޮވިފައިވާ ކަމަށެވެ. އަދި 111 ގައުމަކުން 153 ބައިވެރިން ބައިވެރިވި އެ މުބާރާތުގެ ފައިނަލް ބުރަށް ނަބީހު ހޮވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ނަބީހު ވަނީ ވަނަތައް ހޯދާފައެވެ.