އަންނަ އަހަރުން ފެށިގެން ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ދަރިވަރުންނަށް ޕޮކެޓު މަނީއެއް ދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައި ވަނީ ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް އިފްތިތާހް ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ ކީރިތި ގުރުއާނަށާއި އިސްލާމްދީނަށް ސަރުކާރުން ބޮޑު އަހައްމިއްޔަތެއް ދެއްވާކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އަންނަ އަހަރުން ފެށިގެން ގުރުއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ދަރިވަރުންނަށް ޕޮކެޓު މަނީއެއް ދޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި ހަމައެހެންމެ ގުރުއާން ހިތުދަސް ކުރާ ކުދިން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަން އިއުލާން ކުރައްވާފައެވެ. އެގޮތުން މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ފުވައްމުލަކުން ގުރްއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވި އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ގުރުއާނުގެ ރޮނގުން ދަރިވަރުން ނެރެދޭ މަދަރުސާއެއް ކަމަށާއި މި މުބާރާތް މިހާރަށްވުރެ ހައިބަތުބޮޑު ވަރުގަދަ މުބާރާތަކަށް ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒަށް އާ ބިނާއެއް ބޭނުންވާކަން ފާހަގަކުރައްވާ އެކަމުގެ މަޝްވަރާތައް ރައީސުލްޖުމޫރިއްޔާއާއި ކުރައްވާނެކަމަށާއި މިދައުރުގެ ތެރޭގައި ގުރުއާނާއި ބެހޭ މަރުކަޒުގެ އަމިއްލަ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވި އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތެއް ފެށިގެން ދިއުމަކީ މި ގުރުއާނުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ކަމެއް ކަމަށާއި އެ ކަމަށްޓަކައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް މިނިސްތަރު ވަނީ ޝުކުރު އަދާކުރެއްވާފައެވެ. އަދި ގުރުއާން އުނގަންނައިދިނުމަށްޓަކައި އެ މަރުކަޒުން ކުރަމުން ގެންދަވާ ބުރަ މަސައްކަތްތައް މިނިސްޓަރު ފާހަގަ ކުރައްވިއެވެ.
ޢެއްކޮޅުން ހަމަ ވަރުދައްކާފަ ޚަރަދު ކުޑަކުރާވާހަކަ ދައްކާއިރު އަނެއްކޮޅުން މިހައްދަވަނީ ކިހިނެއް. ޢިނާމު ދޭންވީ، އެކަމަކު އެކަންވެސް ކުރެވޭނީ ލާރިޔެއް ލިބިގެންތާ.