މި މަހު މިހާތަނަށް ރާއްޖެއަށް 51،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިމަހުގެ 1 އިން 14ގެ ނިޔަލަށް 51،400 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިއަހަރު މިހާތަނަށް ރާއްޖެ އައިސްފައިވަނީ 1،130،035 ފަތުރުވެރިންނެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހު 131،764 ފަތުރުވެރިން، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އަދި މާޗް މަހު 150،739 އަދި އެޕްރީލް މަހު 145،280، މެއި މަހު 125،522، ޖޫން މަހު 110،889 އަދި ޖުލައި މަހު 133،561، އޮގްސްޓު މަހު 131،862 ފަތުރުވެރިން ހިމެނެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 59،583 އެނދު ހުރިއިރު އޭގެތެރޭގައި 170 ރިސޯޓުގައި ހުރި 41،175 އެނދު، 863 ހޮޓެލް، ގެސްޓްހައުސްގައި 15،500 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 1616 އެނދު ހިމެނެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.