އޭނާ އަކީ އެއްވެސް ހިނދެއްގައި ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް، އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، އޭނާ އަކީ ސިޔާސީ ބޭފުޅެއް ނަމަ، ގައުމު އިސްލާހުކޮށް ހަމަ މަގަށް އެޅުވުމަށްޓަކައި އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.
"ސިޔާސީ މީހުން އުޅޭ ގޮތަށް އަޅުގަނޑު އުޅެލައިފިއްޔާ އަޅުގަނޑުގެ ހުރިހާ ޒިންދަގީ އެއް ދުއްވާލާނެ ކަން އެނގޭ. އެއީ މިހާރު ވެސް އެކަން އޮތް ގޮތް. ކުރިން ވެސް އޮތް ގޮތް." ގާސިމް ވިދާޅުވިއެވެ.
މާމިގިލި ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އޭނާ ނިކުމެވަޑައިގަންނަވާނެ ކަން ނުވަތަ ނޫންކަން އަދި ދަންނަވަން ދައްޗެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ މީހެއް ނަމަ، މިހާރު ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ކަމަށެވެ.
އެކަމަކު ވަކި ސަބަބުތަކާ ހެދި ސިޔާސީ ބޭފުޅަކަށް ވާން ބޭނުން ނުވާ ކަމަށް ގާސިމް ވިދާޅުވި ނަމަވެސް، އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
"އެ ސަބަބުތައް އަޅުގަނޑު ކޮންމެހެން މިއަދު ދަންނަވާކަށް ބޭނުމެއް ނެތް. އެހެންވެ އަޅުގަނޑު މިހާ ފަހަތަށް ޖެހިފަ ވެސް މި އޮންނަނީ." ގާސިމް ވިދާޅުވިއެވެ.
އިސްލާހަށްޓަކައި ކުރައްވަން ޖެހޭ ކޮންމެ ފަދަ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން، ގާސިމް ވަނީ އޭނާ އަށް ލިބިވަޑައިގަތް އާމްދަނީ ހޭދަކުރެއްވި ގޮތް ވެސް ކިޔައިދެއްވައިފައެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެ އަށް ގިނަގުނަ ހިދުމަތްތައް އޭނާގެ ފަރާތުން ކޮށްދެވިއްޖެއެވެ.
ގާސިމު ތިއަ ބޭފުޅާ ހިތްހަމަޖެހޭ ވަރަށް އަނބިއަނބިކަބަލުން ލިބުނީމަ މިހާރު މޮޔަގޮވަނީތޯއޭ ތިއަ ބޭފުޅާ ދައްކަވާ ވާހަކަ އަޑުއަހާނީ ތިއަބޭފުޅާ ދުއްވާ ދޯނީގެ މޯހިރުއް ފެންބޯ މީހުން އަޅުގަޑުމެން ތިއަބޭފުޅާ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނަން. ގާސިމު ނިކަން ވިސްނާ ފިކުރުކޮއްބަލަ މާތްﷲ އަށް ޓަކާ ދޮގުނުހަދާ ބުނެބަލަ ސިޔާސީގޮތުން މިއަދު ސަރުކާރާ ގުޅިގެން ސަރުކާރަށް ތިއަބޭފުޅާ ދައްކަން އޮތް ފާސާ ހުއްޓާ. ނުހައްގުން މިސަރުކާރުން ތިއަބޭފުޅާއަށް ކިތައް މިލިއަން ރުފިޔާ ކާލިންތޯ