ފ. ބިލެއްދޫގައި ބުދެއް ހިފައިގެން ހިނގި މައްސަލާގައި ހައްޔަރުކުރި 3 މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ބިލެއްދޫގައި މަސައްކަތްކުރާ ބިދޭސީންތަކެއް އެ މީހުން އަޅުކަންކުރުމަށް ބުދެއް ހަދައިގެން އުޅޭ ކަމުގެ މައުލޫމާތު މި މަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބިދޭސީ 3 މީހަކު މި މަހުގެ 3 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 39 އަހަރުގެ މީހެއް ކަަމަށް ފުލުހުން ބުނެއެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.