ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ހުސްކޮށް އޮންނަތާ ފަސް މަސް ފަހުން އެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ،

އެ މަގާމު ހުސްވެފައި ވަނީ ވެމްކޯގެ ކުރީގެ އެމްޑީ އާދަމް މުހައްމަދު އެ މަގާމުން ވަކިކޮށް މިދިޔަ މާޗް މަހުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމްޑީ އަކަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

އާދަމް ޕޯސްޓް އޮފީހުގެ އެމްޑީ ކަމަށް އައްޔަނު ކުރުމުން، ވެމްކޯގެ އެމްޑީގެ ހުރިހާ ޒިންމާ އެއް އަދާކުރައްވާފައި ވަނީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.

ޕްރައިވަޓައިޒޭޝަން އަދި ކޯޕޮރަޓައިޒޭޝަން ބޯޑުން ބުނީ، ވެމްކޯގެ ޑެޕިއުޓީ އެމްޑީގެ ގޮތުގައި ހުންނެވި ސިރާޖު، އެ ކޯޕަރޭޝަންގެ އެމްޑީ ކަމަށް އައްޔަނުކުރީ މިއަދު ކަމަށެވެ.

ނޮވެމްބަރު 2019 އިން ފެށިގެން ވެމްކޯގެ ޑެޕިއުޓީ އެމްޑީ ކަން މިއަދާ ހަމައަށް ކުރެއްވި ސިރާޖު ވަނީ 2011 އިން 2014 އަށް ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވައިފައެވެ.