މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑަށް 82 ހުށަހެޅުން ލިބިފައިވާ ކަމަށް، އެ ކައުންސިލުން ބުނެފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި މީޑިއާ ކައުންސިލުން ބުނީ މި އަހަރުގެ އެވޯޑަށް 12 ދާއިރާ އަކަށް 82 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގައި ހިމެނޭ ދާއިރާތައް

  • ތަހްގީގީ ނޫސްވެރިކަން
  • ދެމެހެއްޓެނިވި ތަރައްގީ / އިޖުތިމާއީ
  • ވިޔަފާރި އާއި އިގްތިސޯދު
  • ސިޔާސީ
  • ޝަރުއީ / ގާނޫނީ
  • ކުޅިވަރު
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް
  • ފީޗާ / ރިޕޯޓު
  • ގްރެފިކްސް

އޭގެ އިތުރުން، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށާއި އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ވެސް ހުށަހެޅުން ލިބިފައިވާ ކަމަށް، މީޑިއާ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނި ގޮތުގައި، ނޫސްވެރިންނަށް އެވޯޑު ދެނީ އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ދާއިރާ އިން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މި އަހަރުގެ އެވޯޑަށް ހުށަހެޅުން ލިބުނު ނަމަވެސް، އެވޯޑު ދިނުމުގެ ހަފްލާ ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނު ނުކުރެއެވެ.