ސޯޝަލް މީޑިއާގައި އަމިއްލަ ބަރަހަނާ ފޮޓޯ އާންމު ކުރަމުން ގެންދާ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު ފޮޓޯތަކެއް މީސް މީޑިއާގައި އާއްމު ކޮށްފައިވާ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުން ކަމަށް ބުނި ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުދެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުވެސް އެފަދަ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައި ވެއެވެ. އެހެންނަމަވެސް އެ އަަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޝަރުތުތަކަކާއެކު އޭނާ ވަނީ ދޫކޮށްލައިފައެވެ.

މިފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ ބަރަހަނާ ފޮޓޯ އާއްމު ކުރަމުން ދާއިރުވެސް އޭނާ ހައްޔަރު ނުކުރާތީ ފުލުހުންނާއި އަދި ސަރުކާރަށް އެތައްބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.