ކުރިން ސޯވިއެޓް ގައުމުތަކުގެ ގޮތުގައި އޮތް ރަޝިއާ ހިމެނޭ ބައްރުގެ ވެރިއަކަން ކުރެއްވި މިހައިލް ގަރްބަޗީވް އަވަރާހަވެއްޖެއެވެ.

ފިނި ހަނގުރާމަ އަކީ މިހާރުވެސް ދުނިޔެ މިދެކެވޭ، ސިޔާސީ ވާދަވެރިކަމާއި އަސްކަރީ ވާދަވެރިކަން އޮތް ގޮތަށް އޭރު ޔޫއެސްއެސްއާއު ނުވަތަ ސޯވިއެޓްގެ ގައުމުތަކާއި، އެމެރިކާ އަދި ޔޫރަޕާ ދެމެދު އޮތް ވާދަވެރިކަމެވެ.

އަސްކަރީ ވާދަވެރިކަމުގައި ބޮޑު ހަނގުރާމައެއް އޭރު ނުހިނގި ނަމަވެސް، ހަތިރާތު އުފެއްދުމާއި ހާއްސަކޮށް އޭރުގެ ނިއުކްލިއާ ބާރުތައް ކޮންޓްރޯލް ކުރި ގައުމުތަކުގެ މެދުގައި އުސޫލީ އެއްބަސްވުންތައް ގާއިމު ކުރުމުގައި ހިލާޔުތަފާތުވުންތައް އުފެދުމާއި ދެވަނަ ބޮޑުހަނގުރާމައަށް ފަހު، ސޯވިއެޓްގެ ގައުމުތަކުގެ ބާރު އިރުމަތީ ޔޫރަޕުން ކުޑަކުރުމުގެ ސިޔާސީ މަސައްކަތްތައް ކުރަމުން ދިޔައެވެ.

އެ ހުރިހާ މަސައްކަތެއްގެ ނަތީއަކަށް ވީ، ސޯވިއެޓް ގައުމުތައް ރޫޅި މިނިވަން މުސްތަގިއްލު ގައުމުތަކަށް ސޯވިއެޓް ބަދަލުވެގެން ދިޔުމެވެ.

މިހާރު ފެންނަ ރަޝިއާގެ ބާރުގެ ދަށުގައި މިހާރު މަދުގައުމެއް އޮތް ނަމަވެސް، ގަރްބަޗޯވް ގެންގުޅުއްވި ދޫދެއްވުމުގެ ސިޔާސަތާ އެކު ޔޫކްރައިން ފަދަ ގައުމުތައް އޭރުގެ ނުތަނަވަސް ކަމުގައި މިނިވަން ވިއެވެ.

އުމުރުފުޅުން 91 އަހަރުގައި ގަރްބަޗޯވް އަވަރާވި އިރު، އޭނާ ގެންދެވީ ދިގު މުއްދަތުގެ ބަލިމަޑުކަމަކަށް ފަރުވާ ހޯއްދަވަމުންނެވެ.

ހުޅަނގުން ސިފަކުރާ ގޮތުގައި ގަރްބަޗޯވް އަކީ އިސްލާހީ ބަތަލެކެވެ.

ގަރްބަޗޯވް ސިފައްކުރައްވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައި ވަނީ އެއީ "ތާރީހުގެ މިސްރާބު ބަދަލުކޮށްލި ލީޑަރު ކަމަށާއި އެއީ އެފަދަ ދެވަނައެއް ނެތްފަދަ ސިޔޢސީ ލީޑަރެއް" ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ރައީސް އުރުސުލާ ވޮން ޑަ ލޭން ވިދާޅުވީ، ގަރްބަޗޯވް އަކީ "މިނިވަން ޔޫރަޕަކަށް މަގު ތަނަވަސްކޮށް ދެއްވި، އިތުބާރުކުރެވޭ އަދި އިހްތިރާމް ލިބިގެންވާ ލީޑަރެއް" ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ގަރްބަޗޯވް ސިފައްކުރައްވަނީ ހިތްވަރާއި ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައެވެ.

"ޔޫކްރައިންގައި ރަޝިއާގެ މިހާރުގެ ރައީސް ޕޫޓިން ޖަރީމާ ހިންގަމުންދާ އިރު، ސޯވިއެޓް ޔޫނިއަން ހުޅުވާލުމަށް ގަރްބަޗޯވް ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކަކީ ނަމޫނާ މަސައްކަތެއް،" ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން، ގަރްބަޗޯވް ފާހަގަ ކުރައްވަނީ، "ހިތްވަރުގަގަ، ބަދަލު ގެންނަވަން ކެރިވަޑައިގެންނެވި ތަފާތު ލީޑަރެއް" ގެ ގޮތުގައެވެ.

ހަބަރުތައް ބުނާ ގޮތުން ގަރްބަޗޯވް ފަސްދާނު ލާނީ، އޭނާގެ އަނބިކަނބަލުން ވެސް ފަސްދާނުލައިފައި ވާ ރަޝިއާގެ މޮސްކޯގައެވެ.