މިދިޔަ އާދިއްތަ ދުވަހު މައްސަލައަކާ ގުޅިގެން އެއާޕޯޓުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މީހުންގެ ދަބަހުން ގޮވާތަކެތި ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވަނީ އެ މީހުން ހައްޔަރުކުރީ ގޮވާތަކެއްޗާއެކު ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީއެވެ.
ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ދަބަހުން ގޮވާތަކެތި ފެނިފައިވާކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ. އެހެންނަމަވެސް އެ މީހުން ފުލުހުންގެ އިދާރާއަށް ގެންދިޔަ ސީދާ ސަބަބެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެއެވެ.
އެ ދުވަހު ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ދެ ބިދޭސީން ހައްޔަރުކޮށްފައިވާއިރު އެ ދެމީހުން ބަންދަށް އިއްޔެ ވަނީ 10 ދުވަސް ޖަހާފައެވެ. އެ ދެމީހުންނަކީ 26 އަހަރުގެ މީހަކާއި 41 އަހަރުގެ ބިދޭސީ މީހެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި އުޅުނު އިންޑިއާ ބަޔަކަށް ޝައްކު ކުރެވި ފުލުހުން ބަލާ ފާސްކުރިއިރު ސިއްރު ކެމެރާ ހުރެގެން ފުލުހުންގެ އިދާރާއަށް ގެންދިޔަ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އަދަދު އިތުރުވެފައި ވާއިރު ކަސްޓަމްސްއިން އަންނަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް އަތުލައިގަންނަމުންނެވެ.
އެއްވެސް ކަމެއް ނުވާނެ. އިންޑިޔާ މީހުން ކުށެއް ނުކުރާނެ.