ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިކަން ރައްޔިތުން މަޖިލީހުގެ އިދާރާއިން އިއުލާންކުރި ނަމަވެސް އެ ދަަތުރުފުޅުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ރައީސް ނަޝީދު އެންމެ ފަހުން އިންޑިއާއަށް ވަޑައިގެންފައި ވަނީ މިދިޔަ އޭޕްރީލް މަހު އެ ގައުމުގައި އޮތް ރޮއިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެކެވެ.

ރައީސް ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވި އިރު ރައީސް އިބްރާހިމް ސޯލިހު ވަނީ މ. އަތޮޅު ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މ. ރަތްމަންދޫއަށް ވަޑައިގެންފައެވެ.