މާލޭގައި ހުރި 5 މިސްކިތެއްގައި ޖަހުރިއްޔަ ނަމާދު (އަޑުހަރުކޮށް ކިޔަވާ ނަމާދު) ތަކުގައި އަޑު މަޑުކުރަން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ބޭރަށް ނުދާނެ ހެން ހެދުމަށް އަންގާފައިވާ ކަމަށް ބުނެ ނޫސްތަކުން ރިޕޯޓް ކުރުމުން އެކަމާ ގުޅޭ ތަފްސީލް ހާމަ ކުރުމަށް އިސްލާމިކް މިނިސްޓްރިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ މިނިސްޓްރިން ބުނީ، މިސްކިތުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އެ މިނިސްޓްރީން އެއްވެސް އިރަކު އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ. ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލާ އެއްގޮތަށް މިހާރުވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދު ކުރާ އަޑު ބޭރަށް އިވޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ނަމަވެސް އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ފެންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން އެ ފަސް މިސްކިތުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާޑދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑު ކުރުމަށް ވަނީ އިރުޝަޑު ދީފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މާލޭގައި ބައެއް މިސްކިތްތަކަކީ ކައިރިކައިރީގައި ހުންނަ މިސްކިތްތަތަކަކށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދު ކުރާ އިރު ދަތިވާ ކަމަށް ވެސް ވަނީ ފާހަގަ ކުރެވިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު މިސްކިތް ހުންނަ ސަރަހއްދުގެ ގޮތުން ތުއްތު ކުދިން ތިބޭ ކައިރި ގޭގެއިން ވެސް ދަތިވާ ކަމަށް ވަނީ ފާޙަގަ ކުރެވިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
5 މިސްކިތަކަށް ޖަހުރިއްޔަ ނަމާދު ކުރާއިރު އަޑު މަޑު ކުރަން އިމާމުންނަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވީ ނަމަވެސް އެ މިސްކިތްތަކުގެ ނަން އެ މިނިސްޓްރީން ހާމައެއް ކުނުރެއެވެ.
އެހެންވިއްޔާ އެއީ ރޭގަޑުގެ ނާދުތަކޭ ނުބުނީ ކީއްވެ
ޖަހުރިއްޔަ ނަމާދަކީ ކޮބާތަ؟ އާޓިކަލް ލިޔެލާއިރު އެއީ ކޮން ނަމާދެއްކަމާ ނަމާދު ކުރެވޭ ވަގުތު ލިޔެލުން ރަނގަޅު. އޭރުން ދޯ އިންގޭނީ ޝަކުވާ ކުރާމީހުންނަށް އުނދަގޫވާ ވަގުތެއްވެސް.
ކިޔާ ނިމުނު އިރުވެސް ޖަހުރިއްޔާ އެއް ނޭނގުނު..
ޖަހުރިއްޔަ ފެންނާނެ ކިޔާބަލަ ސުރުހީއާއި ފެށޭ ފޮޅުވަތް
ޖަހުރިއްޔައެއް ގަހުރިއްޔައެއް ކިއާނެ ކަމެއްނެތް ޖަހުރިއްޔަ ނޫން ނަމާދުތަކުގާ އަޑުގަދަ ކުރިއަސް ރަނގަޅު ކަމަށް ތި ދޭހަ ވަނީ، ކޮންމެ ކަމަކީވެސް މި މައްކާރު ސަރުކާރުން އޮޅުވާލާ ބުނާބަހަކަސް ކުރާކަމަކަސް އިދިކީލި އަރައިގެން ރައިއްޔަތުން ނުކުތީމާ އޮޅުވާލާ ދޮގުހަދާ ކަންތައް ތައް، މިސަރުކާރުން މިސްކިތްތައް ބަޑަހާގެއަށް ގުދަންތަކަކަށް ހަދާ މިސްކިތްތަކަށް ސިމެންތި ވައްދާ ެެެވަރު ކޮށްފަ އޮތީ، މިދާދުވަހަކު އިވިއްޖެ އަތޮޅުތެރޭގަ ރަށެއްގާ މިސްކިތެއް ކުއްޔަށް ދޭން ނިންމާފާއޮތް ވާހަކައެއްވެސް، ދެން ރައިއްޔަތުން ރުޅިގަދަވެ ހަޅޭއްލަވަންފެށީމާ ބުނަންވީތޯ މިސްކިތެއް ނޫނޭކުއްޔަށް ދޭން މި އުޅެނީ މިސްކިތު ފުރާޅޭ ކުއްޔަށް ދޭން މި އުޅެނީ، އިސްލާމްދީނަށް ރުޅިއެރިއަސް މީ ދެންބޮޑުވަރު.
މި ލިޔުނު މީހާއަށް އެނގޭބާ ޖަހުރިއް އެއީ ކޮނއެއްޗެއކަން؟
ޖަހުރިއްޔަ ފެންނާނެ ކިޔާބަލަ ސުރުހީއާއި ފެށޭ ފޮޅުވަތް