ގއ. ދާންދޫ އިން އިންސާނެއްގެ ކަށިގަނޑެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ، ދާންދޫ ކުނިގޮނޑުން ކަށިގަނޑެއް ފެނިފައިވާ ކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެއީ ގިނަ ދުވަސްވެފައިވާ ކަށިގަނޑެއް ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އެއީ ސީދާ އިންސާނެއްގެ ކަށިގަނޑެއްކަން ނުވަތަ ނޫންކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކަށިގަނޑަކީ މިނި ކަށިގަނޑެއްކަން ޑޮކްޓަރުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.