ރަޝިއާގެ ކާބޯތަކެއްޗާއި ފާޓިލައިޒާ ދުނިޔޭގެ ބާޒާރުތަކަށް ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ މަހު ރަޝިއާއިން، ޔޫކްރެއިނަށް އަރައިގަތުމާ އެކު ކަނޑާލި ދަނޑުވެރިކަމުގެ ގުޅުންތައް، އދ އިން މިދިޔަ މަހު ތުރުކީގައި އެއްބަސްވި ބްރޯކާ ޑީލެއްގެ ދަށުން އަލުން ފަށާ މިހާރު 650،000 މެޓްރިކް ޓަނަށް ވުރެ ގިނަ ކާނާއި އެހެނިހެން ކާބޯތަކެތި އެކްސްޕޯޓް ކުރަމުންދާ ކަމަށް ގުޓަރެސް ވިދާޅުވިއެވެ.

"މި ޕެކޭޖް ޑީލްގެ އަނެއް ބަޔަކީ ދަތިކުރުމުގެ ފިޔަވަޅު ނާޅާ ރަޝިޔއާގެ ކާބޯތަކެއްޗާއި ފާޓިލައިޒާ ދުނިޔޭގެ ބާޒާރުތަކަށް ހުރަހެއް ނެތި ނެރެވޭނެ ގޮތް ހެދުން،" އިސްތަންބޫލްގެ އެކްސްޕޯޓްތައް ބަލަހައްޓާ ކޯޑިނޭޝަން ސެންޓަރަކަށް ޒިޔާރަތް ކުރެއްވި ގުޓަރެސް ވިދާޅުވިއެވެ

އޭނާ ވިދާޅުވީ ޔޫކްރައިނަށް އަރައިގަތުމާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން އެ ފިޔަވަޅުތައް ކާބޯތަކެއްޗާއި ފާޓިލައިޒާއަށް ނުހިނގާކަން ސާފުކޮށްދިން ނަމަވެސް އެކްސްޕޯޓަށް "ފިނި އަސަރެއް" ކޮށްފައިވާ ކަމަށެވެ.

"އެ ތަކެތި ޝިޕް ކުރުމުގައި ނަގާ އިންޝުއަރެންސް އާއި ފައިނޭންސަލް ޓްރާންސެކްޝަންތަކަށް ދިމާވެފަވާ ހުރަސްތަކަށް ލުޔެއް ދޭން ޖެހޭ،" ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލޫސީ އަކާރާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޓަރެސް ވިދާޅުވި އެވެ.

ޔޫކްރެނިނާއި ރަޝިއާއިން އިތުރު ކާނާއާއި ފާޓިލައިޒާ ނެރުމަކީ މުދަލުގެ މާކެޓްތައް އިތުރަށް ހަމައަކަށް އެޅުވުމަށާއި ކޮންސިއުމަރުންނަށް އަގު ހެޔޮކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމުގެ ކުރިން ދުނިޔޭގެ ހަނޑުލުގެ ތިންބައިކުޅަ އެއްބައި އެކްސްޕޯޓް ކުރީ ރަޝިއާ އާއި ޔޫކްރެއިން އެވެ. ރަޝިއާއަކީ ފާޓިލައިޒާ ވެސް އެކްސްޕޯޓްކުރާ ބޮޑު ގައުމެކެވެ.