އަހަރު ފަހުން ގދ. ނަޑެއްލާ އާ އިންޖީނު ގެއެއްގައި ހިދުމަތް ދޭން ފަށައިފިއެވެ.

ފެނަކައިން ބުނީ ނަޑެއްލާގައި 27 އަހަރު ވަންދެން އާންމުން ދިރިއުޅޭ އަވަށުގެ ތެރޭގައި ގެނދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރެވުނު އިންޖީނުގޭގެ އޮފީސް ބައިގައި މީޓިން ރޫމަކާއި މެނޭޖަރު ރޫމަކާއި ރިސެޕްޝަން އަދި ލޮބީ ހިމެނޭ ކަމަށެވެ. އަދި ޖެނެރަލް އޮފީހަކާއި ގުދަނެއްގެ އިތުރުން 4 ފާހާނަ ހިމެނޭ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ނަޑެއްލާގައި ހިމާރާތްކުރި އިންޖީނުގޭގައި 538 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބެހެއްޓިފައިވާއިރު އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް އެއްފަހަރާ ތިބެވޭނެއެވެ.

155 ރަށުގައި ފެނަކައިން ހިދުމަތް ދެމުން އަންނައިރު ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.