ހިޔާ ފްލެޓެއްގެ ތެރޭގައި ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހިޔާ ފްލެޓެއްގަައި ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ މިރޭ ދައުރުވާން ފަށާފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ބިދޭސީ ދެ މީހުންނެވެ. އަދި އެނގިފައިވާ ގޮތުގައި އެކަމެއް ހިނގާފައިވަނީ އެޗް7 ގެ 10 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއް ތެރޭގައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލާގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

ހިޔާ ފްލެޓެއްގައި މިފަދަ މަންޒަރެއް ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާއެކު ގިނަ ދިވެހި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެ، ބަޔަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން 3 މީހަކު ވަނީ ދޫކޮށްލާފައެވެ.