މާދަމާއަށް ފަހު ކުއްލި ހާލަތު ނިމުމަކަށް ގެންނަވާނެ ކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދި އިއުލާން ކުރައްވާއިފިއެވެ.

އޯގަނައިޒޭޝަން އޮފް ޕްރޮފެޝަނަލް އެސޯސިއޭޝަންސް (އޯޕީއޭ) ގެ 35 ވަނަ އަހަރީ ކޮންފަރެނެސްގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އުވާލައްވާނެ ކަމަށެވެ.

ނިޒާމަށް ބަދަލު ގެނައުމަށް ވައުދުވެ ވަޑާއިގެންނެވި ރަނިލް ވިދާޅުވީ އިގްތިސާދާއި ސިޔާސީ ނިޒާމުވެސް ހަނިކުރެވޭނެ ކަމަށެވެ. އެ މަނިކުފާނު ގަސްތުކުރައްވަނީ މިހާރު އޮތް މަޖިލީސް ސަރުކާރަށް ބަދަލުކުރައްވައި އޯވާސައިޓް ކޮމިޓީ އެއް ނުވަތަ ފާރަވެރިވާ ކޮމިޓީއެއް އުފައްދަވަން ކަމަށެވެ. އަދި ދައުލަތުގެ ވިޔަފާރި އިސްލާހު ކުރުމާއި, ކަންކަމާއި ވަސީލަތްތަކާ ބެހޭ ކޮމިޓީއެއް އުފައްދަވަން ކަމަށެވެ. މީގެއިތުރުން ކޮންމެ ކޮމިޓީއަކަށް ރައްޔިތުންގެ މަޖިލީހުން ބޭރުން ޒުވާނުން ގެންނަވާނެ ކަމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭހެން ގައުމީ ކައުންސިލެއް ވެސް އޮންނާނެ ކަމަށް ރަނިލް ވިދާޅުވެއެވެ.

ސަރުކާރުން އިތުރަށް ކުރަން ގަސްދުކޮށްފައި އޮތް ކަމަކީ ޑައިސްޕޯރާ (ރައްޔިތުން ޝާމިލުވާ) އޮފީހެއް ހުޅުވާއި، ލަންކާ ތަރައްގީ ކުރުމުގައި އެގައުމުގެ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތް ހެދުން ކަމަށްވެސް ރަނިލް ވިދާޅުވިއެވެ. އަދި ހަމައެހެންމެ މިހާރުގެ އިންތިހާބީ ނިޒާމުވެސް ބަދަލުކުރަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.