ހުޅުމާލެ ފޭސް 2 ގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ދުއްވާފައި ދިޔަ ކާރަކާއި ލޮރީއެއް ޖެހި އެކްސިޑެއްޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 6:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނިތަކުގެ ސައިޓުތައް ހުންނަ ސަރަހައްދެއް ކަމުން ހުއްދަ ނެތި އެތަނަށް އާންމުން ވަނުމަކީ މަނާ ކަމެކެވެ.