ހަޔާތުގެ ބައިވެރިޔާގެ މަގާމުގައި ހުންނަ މީހާ ކޮށްލާ ނުރުހުމުގެ ކުދި ކަންތައްތައް ވެސް އަޅާނުލާ އެއްފަރާތްކޮށްލާ މީހުން މަދެއްނޫނެވެ. ބައިވެރިޔާގެ ކިބައިން މާ ރަނގަޅު ސިފަތަކެއް ފެންނަ ކަމަށް ގަބޫލުކޮށްގެން ތިބެ ތިބެ ވަރުބަލިވާއިރު ވެސް އެ ބައިވެރިޔާގެ ކިބައިން ރަނގަޅު ސިފައެއް ނުފެނުސަސް ދުރުވާން ބޭނުންނުވާ މީހުން ވެސް މަދެއް ނޫނެވެ.
މި ލިޔުމުގައި މި ހިމަނާލަނީ ބައިވެރިޔާގެ ކިބައިން ފެންނަ ނޭދެވޭ ކަންތައްތަކެވެ. ޕްރަވެޓް އިންވެސްޓިގޭޓަރެއް ދިރާސާ ކުރުމަށް ފަހު ބުނަނީ މި ކަންތައްތައް ހަޔާތުގެ ބައިވެރިޔާ ކިބައިން ފެންނަނަމަ އަވަހަށް ދުރުވުމަށެވެ.
- ބައިވެރިޔާގެ އުޅުމަށް ބަދަލު އައުން
އެކުގައި ގުޅުމެއް ވަރަށް ލޯބިން ފެށި ނަމަވެސް އެ ގުޅުން ދުވަސްވާ ވަރަކަށް ބައިވެރިޔާގެ ކިބައިން ތަފާތު ބަދަލުތައް ފެނިގެންދެއެވެ. ކުރިން ދޭ ލޯތްބާއި އަޅާލުން މަދުވެ އެކުގައި ވަގުތު ހޭދަކުރުން ވެސް މަދުވާ މަންޒަރު ފެނިގެންދެއެވެ. ބައިވެރިޔާ އަށް ވަގުތު ނުދީ ބޭރުގައި އެތައް މިތަނުގައި ރަހުމަތްތެރިންނާއެކު އަބަދު އުޅުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ.
- ޖިސްމާނީ އަނިޔާ ލިބުން
ގުޅުމެއްގައި އެކަކު އަނެކަކު އަތް އިސްކޮށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ދިމާވާ ކިތަންމެ ކުޑަ ކަމެއްގައި ވެސް އަތް އިސްކުރުމަކީ އެ ގުޅުމެއް ވަގުތުން ނިންމާލަން ޖެހޭ ވަރުގެ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ. ސަބަބަކީ އޭގެ ސަބަބުން އެމީހާށް ނަފްސާނީ ގޮތުން ގެއްލުން ލިބި ޖިސްމާނީ ގޮތުން ވެސް މީހާއަށް އެކި ވަރުގެ އަނިޔާ ލިބިގެންދާނެތީއެވެ.
- ވަގު އައިޑީތައް ގިނަވުން
މި ޒަމާނަކީ ސޯޝަލް މީޑިއާގައި މީހުން ވަރަށް އެކްޓިވް ޒަމާނެކެވެ. ކޮންމެ މީހަކު ވެސް ކޮންމެ އެޕަކުން އެއް އައިޑީ ގެންގުޅޭނެއެވެ. ނަމަވެސް ބައިވެރިޔާ ވަގު އައިޑީ ގެންގުޅެ ސިއްރު ސިއްރުން އެހެން މީހުންނާ ވާހަކަ ދައްކާ މަންޒަރު ފެނުމަކީ ގުޅުމެއްގައި ކުނި ޖެހޭނެ ކަމެކެވެ. ނުދަންނަ ނަންބަރަކުން އަބަދު މެސެޖު ކޮށް އަބަދު އެ މީހާ އަށް ގުޅާ ވާހަކަ ދައްކަން އޮތުމަކީ ގުޅުމެއް ހީނަރުވާނެ ކަމެކެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ބައިވެރިޔާ ދޫކޮށްލުމެވެ.
- އަބަދު ޒުވާބުކުރުން
ކޮންމެ ގުޅުމެއްގައި ވެސް މައްސަލަތަކެއް ދިމާވާނެއެވެ. ނަމަވެސް މައްސަލަ ދިމާވާ ކޮންމެ ފަހަރަކު އަޑުގަދަކޮށް ޒުވާބު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މައްސަލަ ހައްލުކުރުމަށް ރީތިކޮށް ވާހަކަ ދެއްކުން މުހިއްމެވެ. އަބަދު ޒުވާބު ކުރުމަކީ އެ ގުޅުން ނިންމާލަން ޖެހޭ ވަރުގެ ކަމެއް ކަމަށް ޑޭޓިން އެކްސްޕާޓް ޖޭމްސް ޕްރީސް ދެކެއެވެ.
މި ކަންތައްތައް ބައިވެރިޔާގެ ކިބައިން ފެންނަނަމަ އެ ބައިވެރިޔާ އާ ދުރުވާން މަސައްކަތް ކުރާށެވެ.
މިފަދަ ލިޔުން ލިޔާއިރު އެންމެ އެންމެ މުހިންމު