މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ދަށުން މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށްފިއެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ މަގުތަކުގައި ޕާކިން މަދުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިރު އެމްޓީސީސީ ވަނީ ބަސް ދުއްވަން މާލޭގެ މަގުތަކުގެ ޓްރެފިކް ކަންކަން ރަނގަޅު ކުރުމަށާއި ބަސް ދުއްވާ މަގުތަކުގެ ޕާކިން މަދުކުރުމާއި ބަސް ހުއްޓާ ތަންތަން ހެދުމަށް ޖާގަދިނުމަށް ވަނީ އެދިފައެވެ.

މަގުތަކުގެ ތެރެއިން މަޖީދީ މަގާއި އަމީނީ މަގާއި ފަރީދީ މަގު އަދި އޯކިޑު މަގުގައި ހުރި ހުރިހާ ޕާކިން ޒޯނުތަކެއް ނަގައިދުމަށް އެދިފައިވީ ނަމަވެސް މަޖީދީ މަގު ފިޔަވައި އެހެން ބޮޑު މަގެއްގައި ޕާކުކުރުން އަދި މަނާކޮށްފައެއް ނުވެއެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް، ބަސް ދުއްވާ މަގުތަކުގައި ޕާކިން މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މާލޭ ސިޓީ ކައުންސިލުން އަންނަނީ ބައެއް ޕާކިން ޒޯންތައް ހުސްކޮށް އެ ތަންތަނުގެ ބަދަލުގައި އާ ޕާކިން ޒޯންތަކެއް ހަދަމުންނެވެ.