މިދިޔަ ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ ފުވައްމުލަކުގައި ބާއްވަން ނިންމައިފިއެވެ.

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އިއްޔެ ވަނީ ޕޯސްތްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު ރާއްޖެ ގެނެސްފައެވެ.

އޭނާގެ މައްޗަށް ކުރާ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު، އޮންނާނެވެ. ކަށުނަމާދު އޮންނާނީ މަސްޖިދު އިނާރާ (ބޯޅަ މިސްކިތް) ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާގެ ހަށިގަނޑު އޭނާގެ އުފަން ރަށް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް އާއިލާއިން މިހާރު އަންނަނީ ކުރަމުންނެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ 22 އަހަރުގެ އަލީ ޝާހިލެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކޮށްފައި ވާއިރު، އޭނާ އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން އޭރު ބުންޏެވެ. އެހެންކަމުން، އޭނާ ޝިއާއު އަށް ހަމަލަދީ މަރާލަން ޖެހުނު ސަބަބެއް ނޭނގެއެވެ.

ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ހައްޔަރުކުރި އިރު އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ.