މާލޭގައި އަންހެނަކު ރޭޕްކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލަ މި މަހުގެ 8 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށެވެ.

އެހެންނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ.

މި މަހުގެ 8 ވަނަ ދުވަހު އަންހެނަކު ރޭޕްކޮށްފައިވާ މައްސަލަ ފުލުހަށް ހުށައަޅާފައިވާއިރު މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ވަގުތެއްގައި ހ. ސީރީންވިލާގޭގައި އަނިޔާވެރި ގޮތަކަށް އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ.

ޝިއާއުގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ އަލީ ޝާހިލްއެވެ.