އިގުތިސޯދީ ދަތި ހާލަތެއް ތަހަންމަލް ކުރަމުން ދާ ސްރީލަންކާގައި ދިރިއުޅޭ ބޭރުގެ މަސައްކަތްތެރިންނަށް އިލެކްޓްރޯނިކް ކާރާއި ސައިކަލް އެތެރެ ކުރޭގޮތް ހަދައިފިއެވެ.

ލޭބާ އެންޑް ފޮރިން އެމްޕްލޯއިމަންޓް މިނިސްޓަރާ ހަވާލާ ދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ، އެ ހުއްދައިގެ ދަށުން 3000 ޑޮލަރު ބަހައްޓައިފި ނަމަ، އެފަރާތަކަށް އެއަގުގެ ދެބައިކުޅަ އެއްބަޔަށް ޖެހޭ ވަރުގެ އިލެކްޓްރޯނިކް ސައިކަލެއް އެތެރެ ކުރުމާއި އަދި 65،000 ޑޮލަރާ ހަމައަށް ވެހިކަލް އެތެރެ ކުރެވޭނެ ކަމަށެވެ.

ލަންކާއަށް ކުރިމަތި އިގްތިސޯދީ ދަތިކަމުގައި އެގައުމު ވަނީ ތެލާއި، ބޭހައް ޖެހިފައެވެ. އަދި ކާބޯތަކެތީގެ ބާވަތްތައް ލިބުން ދަތިވެ ތަދުވެފައެވެ.

މިއާއެކު، އެގަމުގެ ރައްޔިތުން 3-4 މަސް ވާންދެން ކުރި ދިގުލީ މުޒާހަރާތަކާ ހުރެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ. އެއާއެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގަ، ރައީސަކަށް އައްޔަން ކުރުމާއެކު، އިގުތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި، އަޅުއްވާ ގިނަ ފިޔަވަޅުތަކު އިލްކެޓްރޯނިކް ވެހިކަލް އެތެރެ ކުރެވޭނެ މަގު ހުޅުވިގެން ދިޔައީއެވެ.

ކުރިން، މި ހުއްދަ ދިނީ، އިލްކެޓްރޯނިކް ކާރާއެކު ކާރު ޗާޖު ކުރާނެ ނިޒާމުވެސް އެތެރެ ކުރަން ޖެހޭ ގޮތަށް ނަމަވެސް، މިހާރު އެކަން ބަދަލުކޮށް، ކާރާއި ސައިކަލު އެކަނި އެތެރެ ކުރެވޭނެ ގޮތަށް ވަނީ ހަދައިދީފައެވެ. މިބަދަލާއެކުވެސް، 3 ފުރޮޅު ލީ ކުރޮޅި އެތެރެއެއް ނުކުރެވޭނެއެވެ. އަދި މި ހުއްދައިގެ ދަށުން، ލަންކާގެ ރައްޔިތުންނަކަށްވެސް އިލެކްޓްރޯނިކް ވެހިކަލް އެތެރެއެއް ނުކުރެވޭނެއެވެ.