ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 މުވައްޒަފުންގެ ވަފްދެއް ރޭ އިންޑިއާގެ ނިއުދިއްލީއަށް ހިނގައްޖެއެވެ.
އެ އިދާރާއިން ބުނީ އެ ދަތުރަކީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ މައުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ ޕާލިމެންޓަރީ ސާވިސްގެ 10 މުވައްޒަފުން ކަމަށާއި އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި މަހުގެ 1 އިން 6 އަށް މަޖިލީހުގެ ވަފްދުން ނިއުދިއްލީއަށް ކުރާ ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކޮށް މަސައްކަތް ކުރާގޮތް ބަލާ މައުލޫމާތު ހޯދަން ހަމަޖެހިފައި ވާއިރު މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ 2 ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ދިޔައީ މިދިޔަ 2020 ވަނަ އަހަރުގައެވެ.
އިންޑިއާ އަކީ އެއީ ސީދާ ދިވެހި ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރަމުންދާ ގައުމެކޭ އެމެން ހިލޭ އެހީއޭ ކިޔާ ދޭ ޕްރޮޖެކްޓްސް ތައް ވެސް އެއީ ރޯ ބުހުތާނު ދޮގޭ ސަރުކާރުގެ ޚަރަދުގައި ގިނަ ކަންކަން ކުރަން ޖެހެނީ ވެސް އެއަށްވުރެން މާބޮޑަށް ރަނގަޅުވާނެއޭ އެހެން ގައުމެއްގެ އެހީގައި ކަންކަން ކުރާނަމަ އިންޑިއާގެ މައިގަނޑު މަގްސަދަކީ މިގައުމުގެ ވެރިންގެ ގޮތުގައި އާއި އަދި މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ބޮޑެތި ވަގުންނަށް ކަޓް ދީގެން އެމެން ބޭނުންވާ ކަންކަން ކޮށް ދިވެހިރައްޔިތުން ބަނޑަށް ޖެއްސުމޭ ދިވެހިރައްޔިތުން މިކަމަށް ހޭއަރާނީ ކޮން ދުވަހަކުތޭ މިގައުމުގައި ތިކިޔާ މަޖްލީހުގެ އިދާރާ އަކީ އެއީ ވަގުން ތަކެއް މަޖްލީހުގެ މެމްބަރުން ނަމުގައި ވަދެގެން އުޅޭ ތަނެކޭ އެތަނަށް ދެން ވަންނަންވީ ރައްޔިތުންނޭ އެމެން ފައްސާލަންވީއޭ އެތަނުން އިރާގުގައި ހެދިހެންނޭ ދެން މިގައުމުގައި ވެސް ހަދަންވީ...
އެއްގޮތަކަށްވެސަ ކަމުދާ ކަމެއްނޫން 100ޕަސެންޓް އިސްލާމީގައުމެއްގެ ގާނޫނު ހަދާމަޖްލީހުގެ މެމްބަރުން ވިޔަސް މުވައްޒަފުން ވިޔަސް ބުދަށް އަޅުކަންކުރާ ވެރިން ތިބި ގައުމެއްގެ މުއައްސަސާ އަކަށް ތަޖުރިބާ ހޯދަން ދިއުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ރުހޭކަމެއްނޫން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިގައުމުގެ މެޖޯރިޓީ ވެސް ރުހޭ ކަމަކަށް ނުވާނެ