ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރް އާ އެކު އެއްޖިއްސުން ގުޅުން ހިންގި ދިވެހި 2 ފިރިހެނުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރް އާ އެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިއާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހްގީގަށް އެމްޑީ އަލަމްގިރް އާ އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ. އެގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯއާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގުސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމު ކުރުމާއި މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭ ކަމަށް ގަސްތުގައި ދޮގު ހަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާއީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަ ގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހި ކުރުވުމަށް މަސައްކަތް ކުރަމުން ދިޔަަ ކަމަށް ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. މިފަދަ ފޮޓޯ އާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީ ގޮތުން މީހުންނާ މެދު އެޅުމުގެ ކުރިން ވީޑިއޯ އާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް ފުލުހުންހެ ފޮރެންސިކް ސާވިސް އިން ކޮށް، ވީޑީއޯއާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓިޓީ ފޮރެސިކް ތަހްލީލުން ކަށަވަރު ކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރާ ކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައި ވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މި މައްސަލަތަކުގައި ފުލުހުން ދަނީ ހިންގަމުން ކަމަށް ވެސް ބުނެއެވެ. މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރު ކުރުމާއި އެ ފަދަ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އެންގުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ސީދާ ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
އެއްޖިއްސުން ގުޅުން ހިންގި ވީޑިއޯތައް ލީކް ވެފައިވާ އިރު، އޭގެ ތެރޭގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
އެ މައްސަލައާ ގުޅިގެން އަލަމްގިރް އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި ނާޒިމް ސައްތާރު ފުލުހަށް ހާޒިރުކޮށް ބަޔާންވެސް ނަގާފައި ވާއިރު ފުލުހެއް ކަމުގައިވާ އަބްދުއްރަހްމާން ރަފީއު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށް އޭނާގެ ޖިނާއީ އަދި ޑިސިޕްލިނަރީ މައްސަލަ ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި ކާނަލް ނަޝީދާއި ނާޒިމް ސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކުރަން މިއަދު މެންދުރު ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާ ކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ.
މި މައްސަލަައިގައި ތުހުމަތުވާ ފިރިހެނުން ވަދެ އެއްޖިންސުން ގުޅުން ހިންގި އަލަމްގިރް މި މަހުގެ 13 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.