ދިވެހި ފަންނާނުންގެ މިއުޒިކީ އީދު މިރޭ އައްޑޫ ސިޓީގައި ފަށައިފިއެވެ.

ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އިން މިއަދު ބުނީ އައްޑޫގައި ބާއްވާ މިއުޒިކީ އީދު އޮންނާނީ މިނިވަން ދުވަހާ ދިމާކޮށް މިރެއާއި މާދަމާ އައްޑޫ ސިޓީގައި ކަމަށެވެ. މިއީ މާލޭން ބޭރުގައި މި ޝޯ ބާއްވާ ފުރަތަމަ ފަހަރެވެ.

މިރޭ ބާއްވާ ދިވެހި ފަންނާނުންގެ މިއުޒިކީ އިދު ޝޯވްއަށް މާލެއިން ދިޔަ ފަންނާނުންނަށް މަރުހަބާ ކިޔަނީ

އެންސީއޭއިން ބުނީ، މިފަހަރުގެ ފަންނާނުންގެ މިއުޒިކީ އީދުގައި އައްޑޫގެ ފަންނާނުންނާއި މާލޭގައި މަސައްކަތް ކުރާ އެކި ބޭންޑުތަކާއި ފަންނާނުންވެސް ބައިވެރިވާނެ ކަމަށެވެ. މިއަހަރުގެ މިއުޒިކީ އީދު ކުރިއަށް ގެންދަނީ އެންސީއޭ އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯ އޮންނާމީ މިއަދާއި މާދަމާ އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯއަކީ ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހާ ގުޅުވާ ބާއްވަމުން އަންނަ ޝޯއެކެވެ. މި ޝޯއަކީ އާންމުންގެ ފަރާތުން ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިގެން ގޮސްފައިވާ ޝޯ އެކެވެ.

މިފަހަރުގެ މި ޝޯ އެސްޓީއޯ، އެމްޓީސީސީ އަދި އުރީދޫން ވަނީ ސްޕޮންސާ ކޮށްފައެވެ.