މާލޭ ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ޖަލާލުއްދީން މިސްކިތުން ވައްކަން އުޅުނު ދެ މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ގާއިމުކޮށްފައިވާ ސީސީޓީވީ ނިޒާމުގެ އެހީގައި ކަމަށް މުއިއްޒު ފާހަގަކުރެެއްވިއެވެ.

މިސްކިތްތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ވައްކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު މިހާތަނަށް 210 ވައްކަމުގެ މައްސަލަ ވަނީ ހުށަހަޅާފައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެކަނި ވެސް ވައްކަމުގެ 37 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މިދިޔަ އަހަރު ވައްކަމުގެ 373 މައްސަލައެއް ވަނީ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.