އެލްސިއޯން ބޭކަރީގެ ވެރިޔާ، މ. އެލްސިއޯން، ދުނބުރި ހަސަން މަނިކު ނިޔާވެއްޖެއެވެ.

ހަސަން މަނިކު ނިޔާވީ ބަލިވެ އުޅުމަށްފަހު މިރޭ ގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. ނިޔާވިއިރު އުމުރަކީ 80 އަހަރެވެ.

1960 ގެ އަހަރުތަކުގެ ތެރޭގައި އެލްސިއޯން ބޭކަރީ ހުޅުވިއިރު 1981 ވަނަ އަހަރު އިގްތިސޯދީ ދާއިރާއިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވަނީ ހަސަން މަނިކަށް ދީފައެވެ.

އިޖުތިމާއީ ހިދުމަތްތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ހަސަން މަނިކަކީ ފަކީރުންނާއި ނިކަމެތިންނަށް އެހީތެރިވުމުގައި ނަމޫނާއެކެވެ. ހަސަން މަނިކު ވަނީ ދުނބުރި މިސްކިތް ބިނާކޮށްފައެވެ.

ހަސަން މަނިކުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.