ޖައްވީ ދިރާސާތައް ކުރުމަށްޓަކާ މީގެ 8 ވަރަކަށް މަސްދުވަސް ކުރިން އުދުއްސާލި ވަރުގަދަ ޖޭމްސް ވެބް ޓެލެސްކޯޕްއިން ނެގި ކައުނުގެ ފުރަތަމަ ތަފްސީލީ ކުލަ މަންޒަރުތައް ދުނިޔޭގެ ބިމަށް ފޮނުވައިފިއެވެ.

ޖޭމްސް ވެބް ޓެލެސްކޯޕްއިން ފޮނުވި ކުލަ މަންޒަރުތަކަކީ ތާރީހުގައިވެސް ލިބުނު އެންމެ ތަފްސީލީ މަންޒަރުތައް ކަމަށް ހަބަރު ލިބެއެވެ. އެގޮތުން ދުނިޔެއާއި ހިސާބަށް އެތައް ބިލިއަން އަހަރަކުން ދަތުރުކުރި މަޑިކިލަނބުތަކުގެ އަލިތައްވެސް ޖޭމްސް ވެބް ޓެލެސްކޯޕްއިން ފޮނުވި މަންޒަރުތަކުގައި ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ޖޭމްސް ވެބް ޓެލެސްކޯޕްއިން ފޮނުވި މަންޒަރުތައް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާވެސް ވަނީ ހިއްސާ ކޮށްފައެވެ. އެ މަންޒަރުތަކަކީ އެމެރިކާއަށް ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެ ކަމުގެ ރަމްޒެއް ކަމަށް ބައިޑަން ވަނީ ސިފަ ކުރައްވާފައެވެ.

ޖޭމްސް ވެބް ޓެލެސްކޯޕްއިން ނަގާފައި ވާ ކައުނުގެ ފުރަތަމަ ކުލަ މަންޒަރުތައް / ފޮޓޯ: ނާސާ | ބީބީސީ

ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިއަދުގެ ވަގުތެއްގައި ނާސާއިން އެ މަންޒަރުތައް އާންމު ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ.

10 ބިލިއަން ޑޮލަރުގެ އަގު ހުރި ޖޭމްސް ވެބް ޓެލެސްކޯޕް އުދުއްސާލީ ޑިސެމްބަރު 25، 2021 ވަނަ ދުވަހުއެވެ. އެއީ މަޝްހޫރު ހަބްލް ޓެލެސްކޯޕްގެ ބަދަލުގައި މަސައްކަތް ކުރުމަށެވެ.

ވެބް ޓެލެސްކޯޕުގެ އެންމެ ވަރުގަދަ އަމާޒުތަކުގެ ތެރޭގައި މި ކައުނުގައި އެންމެ ފުރަތަމަ ބަބުޅަން ފެށި ތަރިތަކުގެ ފޮޓޯ ނެގުމާ، އިންތިހާ ދުރުގައި ވާ ޕްލެނެޓްތަކުގެ ފޮޓޯޓައް ނެގުން ހިމެނެއެވެ.

ޖައްވު ތެރޭގައި ޖޭމްސް ވެބް ޓެލެސްކޯޕް އޮންނަ މަގާމަށް ދީފައި ވާ ނަމަކީ "ދަ ލަގްރާންޖް ޕޮއިންޓް 2" އެވެ. މި ސަރަހައްދު ވަނީ، ދުނިޔެއާއި 1 މިލިއަން މޭލު ނުވަތަ 1.5 ކިލޯމީޓަރު ދުރުގައެވެ.