އައިއެސް ލޯގޯ ޖެހި ޖުއްބާ ލައިގެން ސަލްމާން މިސްކިތު މިންބަރަށް މީހަކު އަރައިފިއެވެ.

ފުލުހުން ބުނީ އެއީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން މިސއްކިތަށް ދިޔަ އިރު މިސްކިތަށް ނަމާދަށް ގޮސް ތިބި ބައެއް މީހުން އޭނާ މިންބަރުން ބާލުވައިގެން ހުރީ ހިފަހައްޓާފައެވެ.

މިންބަރަށް އެރި މީހާ

އޭރު އޭނާ ސޫރަތުލްފާތިހާ ކިޔަވާ ދިވެހިން ވާހަކަ ދެއްކި އަޑު ގިނަބަޔަކަށް ވަނީ އިވިފައެވެ.

ފުލުހުން އިތުރަށް ބުނީ ހުކުރު ނަމާދަށް ދިޔަ މީހަކު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މައްސަލައާ ގުޅިގެން ފުލުހުގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށެވެ. އަދި އެކަން ހިނގީ މިއަދު 12:24 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެ ހާދިސާގެ ފޮޓޯއާއި ވީޑިއޯ ދައުރުވަމުން އެބަދެއެވެ.