ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅުވައިގެން ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ހަރަކާތަށް ބަޔަކު ހުރަސް އެޅި މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އިންޑިއާ ހައިކޮމިޝަނާއި ޔޫތް މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ތިއްބާ، ދިވެހި ޒުވާނުންގެ ބަޔަކު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ.
ރައީސް ސޯލިހް ވިދާޅުވީ ގަލޮޅު ދަނޑަށް ބަޔަކު ވަދެގަނެ ހިންގި ކަންތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މިކަމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މި ހަމަނުޖެހުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ޕީޕީއެމް އަށާއި ސަލަފަށް ވެސް ވެސް ފާޑުވިދާޅުވެފައެވެ.