ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް 520 ޓަނުގެ ހަކުރު ވިއްކަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަކުރު ވިއްކަން ނިންމާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭ 520 ޓަނުގެ ހަކުރު އެސްޓީއޯ އަށް ދޫކުރަބް ނިންމާފައިވާ ކަމަށް، އެ ގައުމުގެ ސަރުކާރުން ބުންޏެވެ.

އެގޮތުން އިންޑިއާ ސަރުކާރުން އެސްޓީއޯއަށް ފޮނުވި ސިޓީގައިވާ ގޮތުން، 2024 ގެ ނިޔަލަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖެ އަށް ހަކުރު ލިބޭނެއެވެ.

ރާއްޖެ އަށް ހާއްސަ ހުއްދައެއްގެ ދަށުން ހަކުރު ވިއްކަން އިންޑިއާ ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ ގައުމުގެ އިންފްލޭޝަން މައްޗަށް ދާތީ ހަކުރާއި ގޮދަން ފުށް ފަދަ ކާޑުގެ ބައެއް ބާވަތްތައް ހާއްސަ ހުއްދައެއްގެ ދަށުން މެނުވީ ބޭރުކުރުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ހާއްސަ ހުއްދައެއްގެ ދަށުން އެތަކެތި އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް އެތެރެ ކުރެވޭނެއެވެ.