އައިޓަމްސް ފިހާރަ ކުރިމަތީ ހުރި އިމާރާތުން ވެއްޓުނު ކުއްޖާ ފެނިއްޖެއެވެ.
އެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 8:31 ހާއިރެވެ.
ފުލުހުން ބުނިގޮތުގައި ވެއްޓިގެން ހޯދަމުން ދިޔައީ 12 އަހަރުގެ ކުއްޖެކެވެ. އަދި އެ ކުއްޖާ ވެއްޓިފައިވަނީ އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއިން ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.
އެކަމަކު މިހާރު އެ ކުއްޖާ ފެނިފައިވާ ކަމަށާއި، އެ ކުއްޖާ 9:41 ހާއިރު ގެއަށް އައިސްފައިވާ ކަމަށް، އާއިލާ އާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއަށްވުރެ ބޮޑު ޖޯކެއް އަދި ނާހަން.