އަމިއްލަ މީހަކު އިންޑިއާގެ ބެންގަލޫރަށް ކުރި ދަތުރެއްގައި އެ ގައުމަށް ނޭރުވި މައްސަލައެއް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ބެންގަލޫރަށް ނޭރުވި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ހުށައެޅީ ހ. ހެރޭދަނޑި ޝިޔާން ޝަފީގުގެ ފަރާތުންނެވެ.
އެ މައްސަލައާ ގުޅިގެން ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އޭނާ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ބެންގަލޫރު އެއާޕޯޓުން އެ ގައުމަށް އެތެރެވިޔަ ނުދީ ހިފާއްޓާފައިވާތީ އާއި އެކަން ހިނގައިދިޔަގޮތް ސާފުކޮށްދީފައިނުވާތީ އެކަން ބަަލައިދިނުމަށް އެދި ކަމަށެވެ.
އެކަމާ ގުޅިގެން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ ފޮރިން މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން އޮޅުންފިލުވިދާނެ ކަމަށާއި އެގޮތަށް އެކަން ކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ހުށައެޅުމަށް އެ ކޮމެޓީގައި އިންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ ތާއީދު ކުރައްވާފައެވެ.
އަފީފު ވިދާޅުވީ ގައުމަކަށް މީހަކު އެތެރެވުމަކީ އެގައުމެއްގެ އިމިގްރޭޝަނަށް އޮންނަ ކަމެއް ކަމަށާއި އެފަރާތުން ނުވަދެވޭނެ ކަމަށް އެންގީމަ އެގައުމަކަށް ނުވަދެވޭނެ ކަމަށެވެ. އަދި އޭނާ އިންޑިއާއަށް ނޭރުވި މައްސަލައިގެ މައުލޫމާތެއް ލިބޭތޯ ބެލުމަށް ފޮރިން މިނިސްޓްރީއަށް ހުށަހެޅިދާނެ ކަމަށްވެސް އަފީފު ވަނީ ވިދާޅުވެފައެވެ.
އަދިވެސް އިންޑިއާ އައުޓް ގޮވަން ނިކުމޭ. އޭރުން ދެރަވާނީކީ ޔާމިނަކަށް ނޫން. އެނާ ދާނީ ސިންގަޕޫރަށް ނިކަމެތިންނަށް ދެވޭނީ އިންޑިއާއަށް. ދިއާމާ އެގަމަށް ނާރުވާ ބޭރުކޮށްލީމާ ދެރަވާނީ ޔާމިނަށްތޯ. މިކަމުން އިބުރަތް ހާސިލުކުރޭ.
ރެއްކަބޭ މީ ހަމަ ރަނގަޅައްވެސް ކައްނައްނޫރު އަލީ ރާޖާ ދަރިކޮޅުގެ ފައްޏެއް ދިވެހި ގައުމު އެދި ގޮވަނީ ދޮންބަންޑާރައިންގެ ދަރިކޮޅައް ދިވެހިރައްޔިތުން އެދި މިގޮވަނީ ދިވެހި ރާއްޖޭގައި ގާނޫނާ ގަވާއިދާ ޚިލާފައް 4ސަރަހައްދެއްގަ އަމިއްލަ އައް ވަޒަންވެރި ވެގެން ތިބި އިންޑިޔާ ގެ އަސްކަރީ ސިފައިން މިތަނުން ބާލުވާ ދޭށޭ ، އެއީ ދިވެހިން ނައް ލިބިގެން ވާ ހައްގެއް އެހެނޭ ކިޔާފަ ނުޖެހޭނެ އިންޑިޔާ އައް ސައްހަވިސާގަ ދާ ދިވެހިން އެގައުމައް އެތެރެ ވިޔަނުދީ ފުރައްސާރަކޮށް ބުލީ ކުރާކައް ތިކަން އޮތީ ތިޔަގޮތައް ނަމަ މިތާނގައިތިބި އިންޑިޔާ ނަރުހުން ޑޮކުޓަރުން ޓީޗަރުން ރެސޯޓުތަކުގައި ތިބި މުވައްޒަފުން ނައް ދުއްތުރާ ކުރަން ނިކުއްނަން ޖެހިދާނެ. މީ މިނިވަން ގައުމެއް މިތާނގަ ވެސް ގާނޫން ތަކެއް ހިނގާ އެގާނޫން ތަކުގެ ބާރު ކަނޑު ވާލާ ކޮށްމެފަހަރަކުވެސް ގާނޫނުގެ ހިމާޔަތުގަ ދިވެހި ލޭހިނގާ ދަރި ނިކުއްނާނެ އަދި ކާމިޔާބުވެސް ކުރާނެ ބަޔަކު އިންޑިޔާގެ ފައިފުއްސަކައް ވިޔަސް އަސްލުދިވެހިން ނަކީ ދޮންބައްޑާރައިން ގެ ދަރިން ބުރާންތި ވެގެން ނޫޅޭ އެހެން ނޫނީ މާޒީގެ ހިތި ކަހަންޖެހިދާނެ.