މަސްތުގެ ހާލަތުގައި ހުރެ، މަގުމަތީގައި ޖިންސީ ގުނަވަން ދެއްކި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އާންމުންގެ ބަޔަކު ވަނީ، އާޓިފިޝަލް ބީޗް ސަރަހައްދުގައި މަސްތުގެ ހާލަތުގައި ހުރެ، ޖިންސީ ގުނަވަން ދެއްކި މީހާ ހިފަހައްޓައިފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ފިރިހެނެކެވެ.

ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 9:57 ހާއިރު ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.