ހިޔާ ފްލެޓްގެ ކުލި ދައްކަން ޖެހޭ ގޮތްތައް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ހިޔާ ފްލެޓްގެ ކުލި ދައްކަން ޖެހޭ ގޮތް އެޗްޑީސީން ހާމަކޮށްފައި މި ވަނީ ދާދި ފަހުން އެ ކޯޕަރޭޝަންގެ ނަމުގައި މީސްމީހުންނަށް ގުޅައިގެން ބޮޑު އަދަދުތަކުން ފައިސާ ނަގާ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

އެޗްޑީސީން ބުނީ، އެ ކޯފަރޭޝަނުން ފައިސާ ބަލައިގަންނާނީ އެޗްޑީސީ އިމާރާތުގެ ގްރަންއުންޑް ފްލޯގެ ރިސެޕްޝަންގައި ހުންނަ އެޗްޑީސީ ކަލެކްޝަން ކައުންޓަރުން ހިޔާ ފްލެތްގެ 11 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ހުންނަ މެނޭޖްމަންޓް އޮފީހުން ކަމަށެވެ. ހަމައެއާއެކު މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި ކުއިކްޕޭ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި އަކީ ހެނދުނު 8:00 އިން މެންދުރު ފަހު 3:30 އަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.