އަވައްޓެރި ސްރީލަންކާގައި އުޅުނު އުމުރުން 62 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އެމީހާ ހޯދަން އިއުލާންކޮށް އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން ލަސްނުކޮށް އެންބަސީއަށް އެނގުމަށް އެދިިފައެވެ. އެ ގޮތުން ހޯދަމުން ދަނީ އިބްރާހިމް އަލީ ނަމަކަށް ކިޔާ 62 އަަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ގެއްލިގެން ހޯދަން އިއުލާންކޮށް ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ދިޔައީ އީދު ދުވަހު ހެނދުނު ދެހިވަލަ މިސްކިތް ކައިރިއަށް ކަމަށެވެ. އެ އަށް ފަހު އޭނާގެ އެއްވެސް ހަބަރެއް އާއިލާއަށް ލިބިފައި ނުވާ ކަމަށާއި އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ 2382 499 (77) 94+ އަށް ގުޅުމަށް ނުވަތަ އެމަބސީގެ ނަމްބަރު 6666 881 076 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އަދި އެ މީހާއަކީ ކިޑްނީ ބައްޔަށް ބޭސް ކުރަމުން އަންނަ މީހެއް ކަމަށް ވެސް އެ މީހާ ހޯޑަން ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނސްޓްރީން ބުނީ، ލަންކާގެ ކޮލޮމްބޯގައި ހުންނާ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ އެ އާއިލާއަށް އެއްބާރުލުން ދީ އެމީހާ ހޯދުމުގައި އެހިތެރިވެ މަސައްކަތް ކުރަމުން ކަމަށެވެ. މިހާރު އެ އާއިލާ އިން ވަނީ ސްރީލަންކާގެ ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.