ކ. މާފުށިން މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ. މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދޭން އުޅުނު މައްސަލައަކާ ގުޅިގެން ތުހުމަތު ކުރެވޭ އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކުރީ މާފުށިން މާލެ އައިތަނާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ ދެ މީހުންގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މާފުށީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދޭން އުޅުނު މައްސަލަ އަކީ އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައެއް ކަމަށް ފލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް މާރާމާރި ހިންގުމާއި ތޫނު އެއްޗިހިން މީހުންނަށް ހަމަލާދޭ ފަދަ މައްސަލަތައް އިތުރުވަމުން އަންނަ ކަން ވަނީ ފާހަގަ ވެފައެވެ. އެ ގޮތުން އީދު ދުވަހުވެސް މާލޭގައި ދެ ސަރަހއްދެއްގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ ބަޔަކު ޒަހަމްކޮށް ލާފައެވެ. އޭގެ ފަހުން މި މަހުގެ 5 ވަނަ ދުވަހު ފުލުހުން ވަނީ މާރާމާރި ހިންގި މައްސަލައެއްގައި 7 މީހަކު ހޯދަން އެމީހުން ވަނަވަރު ހާމަކޮށް އިއުލާން ކޮށްފައެވެ