މޯލްޑިވިއަންގެ ފްލައިޓެއް ލ.ކައްދޫ ޑޮމެސްޓިކް އެއާޕޯޓު ރަންވޭ މަތިން ކަހާލައިފިއެވެ.

މޯލްޑިވިއަން އިން ބުނީމިރޭ 7:45 ހާއިރު މޯލްޑިވިއަންގެ ފްލައިޓަކަށް "އިންސިޑެންޓެއް" ހިނގާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ޕްލައިޓް އެއާޕޯޓަށް ޖައްސަން މަސައްކަތްކޮށް ނުޖެއްސިގެން އަނބުރާލާފައި ދެވަނަ ފަހަރަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާގައި އެއްވެސް ޕެސެންޖަރަކަށް އަދި ކުރޫއަކަށް ވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވިއަން އިން ބުނީ މި ހާދިސާ ތަހުގީގު ކުރަންދާ ކަމަށެވެ.