ރަޝިއާއިން ޔޫކްރައިންގައި ރަސްމީކޮށް ހަނގުރާމަ އިއުލާން ކުރަން އުޅޭ ކަމަށް ބުނެ، ކުރަމުންދާ ބަހުސްތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ، އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ، ރަޝިއާއިން އެ ދައުވާއަށް އިންކާރު ކޮށްފިއެވެ.

ރަޝިއާއިން މިހާރުވެސް ދަނީ ޔޫކްރައިންގައި އެ ގައުމުން ކުރަމުން ދަނީ ހަނގުރާމައެއް ކަމަށް އިންކާރު ކުރަމުންނެވެ. ރަޝިއާއިން ބުނާ ގޮތުގައި ޔޫކްރައިންގައި އެ ރަޝިއާއިން ހިންގަމުންދަނީ "ހާއްސަ އަސްކަރީ އޮޕަރޭޝަން"އެކެވެ.

ކަން މިހެން އޮތް ނަމަވެސް، ހުޅަނގުގެ އޮފިޝަލުން ގެންދަވަނީ، މެއި 9 ވަނަ ދުވަހު އޮންނަ ރަޝިއާގެ ވިކްޓަރީ ޕެރަޑުގެ މުނާސަބަގާއި، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން، ރަސްމީ ސިފައެއްގައި ޔޫކްރައިންގައި ހަނގުރާމަ އިއުލާން ކުރައްވާނެ ކަމަށް ވަކާލާތު ކުރައްވަމުންނެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު، ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ، އެ އަޑުތަކަކީ އެއްވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެން ނުވާ އަޑުތަކެއް ކަމަށެވެ.

ރަޝިއާއިން ބުނާ ގޮތުގައި އެ ގައުމުން ޔޫކްރައިންގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަކީ، ޔޫކްރައިނުން އަސްކަރީ ހަތިޔާރު ބޭލުމަށް ހިންގާ ހަރަކާތެކެވެ. އަދި ޔޫކްރައިން ސަރުކާރުގައި ހިމެނޭ ނާޒީންގެ ކިބައިން ގައުމު ސަލާމަތް ކުރުމަކީ ހުއްޖަތެއް ކަމުގައި ރަޝިއާއިން ހެދި ނަމަވެސް، އެފަދަ ކަމެއް ހިނގާ ކަމުގެ ސާބިތު ހެއްކެއް ނެތް ކަމަށް ހަބަރު ލިބެއެވެ.

ޕޫޓިންގެ އަމުރުފުޅަކަށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިން އަށް އަރާ، ހަނގުރާމަ ފެށީ ފެބުރުއަރީ 24، 2022 ވަނަ ދުވަހުއެވެ. ހަމަލާ އަމާޒު ކުރަނީ އަސްކަރީ އަމާޒުތަކަށް ކަމަށް ރަޝިއާއިން ބުނި ކަމުގައި ވީ ނަމަވެސް، އާންމުންގެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް، އަވަށްޓެރި ގައުމުތަކަށް، ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކޮށްފައެވެ.