މޯލްޑިވިއަނުން އެ އެއާލައިނުގެ އުދުހުންތަކުގެ އަގު ބޮޑު ކޮށްފިއެވެ.
މޯލްޑިވިއަންއިން ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްސްތަކުގެ ޓިކެޓްގެ އަގު ވެސް ބޮޑުކޮށްފައި ވާއިރު ޑޮމެސްޓިކް ހުރިހާ ޓިކެޓަކުން 180 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ.
ޓިކެޓުގެ އަގު ބޮޑުކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، ޖެޓްފިއުލްގެ އަގު ވެސް އުފުލިގެން އެހެން ގޮތެއް ނެރިގެން ކަމަށް ބުނެއެވެ.
މޯލްޑިވިއަން އިން ޓިކެޓުގެ އަގު ބޮޑުކޮށްފައިވާއިރު ދާދި ފަހުން މޯލްޑިވިއަނުން ހޭންޑް ލަގެޖުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކިލޯއަށްވުރެ ބަރު ނޫން ދަބަހަކަށް ޗާޖުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް އެ ވާހަކަތައް ދޮގުކޮށް އައިލެންޑް އޭވިއޭޝަނުން ވަނީ، މޯލްޑިވިއަނުން ދަތުރުވެރިންނަށް ދެމުންގެންދާ ހޭންޑް ލަގެޖުގެ މިންގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
މިގޮތުން މޯލްޑިވިއަނުން ދަތުރުކުރާ ކޮންމެ ދަތުރުވެރިއަކަށް ހޭންޑް ލަގެޖުގެ ގޮތުގައި ކަނޑައެޅިފައިވާ ފަސް ކިލޯ އިތުރު ޗާޖަކާ ނުލައި ގެންދެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.
ޓިކެޓުގެ އަގަށް ނެގައި ބަދަލާއެކު އާންމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މޯލްޑިވިއަން އެއް އެސްޓީއޯ ސްޓެލްކޯ ވޯޓަރސަޕްލައި އެއް ކިޔާނެކަމެއްނެތް މިލިޔަނުން ފައިދާވާ ވާހަކަ ނޫހުގައި ޖަހާލާނެ.. ނިކަމެތި ރަޔްޔިތުމީހާ ވަނީ ހަފުސް... ލޮކްޑައުންގެ އެންމެ ބިލެއްވެސް މާފު ނުކޮއްދިންތާ ޖޫރިމަނާ އިތުރު ކުރަމުން އެދަނީ.. ރިސޯޓު އޯނަރުން މަހުޖަނުންނަށް ގެއްލުމުގެ ބަދަލު.. ނިކަމެތި މީހާ ހަފުސް