ސީޒަންގެ ފަހުކޮޅަށް އައިސް ބޮޑެތި ޓީމުތަކުން ކުޅެން ޖެހޭ މެޗުތައް އިތުރުވެފައިވާ އިރު މެޗު ތަވާލާ މެދު ހިތް ހަމަ ނުޖޭނަމަ ސިޓީގެ ކޯޗުކަން ދޫކޮށް ރާއްޖޭގެ ލީގަށް ބަދަލުވާނެ ކަމަށް އެޓީމުގެ މަޝްހޫރު ކޯޗު ގާޑިއޯލާ ގާޑިއޯލާ ބުނެފިއެވެ.
ސީޒަންގެ މިހާތަނަށް އައި އިރު އިންގްލިޝް ޕްރިމިއާ ލީގު އަދި ޔޫއެފްއާ ޗެމްޕިއަންސް ލީގުުގެ ތައްޓަށް ވާދަކުރަމުން އަންނަ ސިޓީއިން އެއް ހަފްތާގެ ތެރޭގައި ތިން މެޗު ކުޅެފައިވާ އިރު ފުލުފުލުގައި މެޗުތައް ކުޅެން ޖެހުމުން ގިނަ ކޯޗުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ކޮންމެ ޓީމަކަށް ވެސް އެޓީމެއް ދެކޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ހައްގު ލިބިގެންވާ ކަމަށާ ތާވަލަށް އަންނަ ބަދަލަކަށް އޭނާގެ ޓީމު ހާނުވާނެ ކަމަށެވެ.
ގާޑިއޯލާ ބުނީ މެޗުގެ ތާވާލައި މެދު ހިތް ހަމަނުޖެހޭނަމަ ސިޓީގެ ކޯޗުކަން ދޫކޮށްލާ ރާއްޖޭގެ ލީގަށް ދިއުން މާ ބުއްދިވެރިކަމަށެވެ. އަދި ހަފްތާއަކު މެޗެއް ކުޅެ ރުއްތަކުގެ ދަށުގައި އަރާމުކޮށްލަން ލިބޭނެ ކަމަށް ވެސް ސިޓީގެ ކޯޗު ބުންޏެވެ.
މެންޗެސްޓާ ސިޓީ މިވަގުތު އޮތީ އިނގިރޭސި ލީގު ތާވަލުގައި އެއްވަނައިގައި ނަމަވެސް ދެވަނައިގައި އޮތް ލިވަޕޫލާ އެޓީމާ ދެމެދު އޮތީ 1 ޕޮއިންޓްގެ ފަރަގެކެވެ. ބަކީ 4 މެޗު ކުޅެން ދެ ޓީމަށް ވެސް އޮތް އިރު ލީގު ތަށި ގެންދާނީ ކޮން ޓީމެއް ކަން އަދި ބުނަން ނޭނގެއެވެ.
މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ސެމީގައި ވާދަ ކުރާ އިރު މި ހަފްތާގައި ސިޓީ ސްޕެއިންގެ ރިއާލް މެޑްރިޑާ ކުޅޭނެއެވެ. ސެމީގެ ފުރަތަމަ ލެގް ސިޓީއިން 3-4 އަކުން ކާމިޔާބުކުރި އިރު ބުދަ ދުވަހު ކުޅޭ ދެވަނަ ލެގް އޮތީ ރޭ ސްޕެއިން ލީގުގެ ތަށި ކާމިޔާބުކުރި ރިއާލްގެ ދަނޑުގައެވެ.
އަނެއްކޮޅުން، މިހަފްތާގެ އަންގާރަ ދުވަހު ސެމީގެ އަނެއް މެޗުން ސްޕެއިންގެ ވިލަރިއާލްގެ މައްޗަށް ލިބުނު 2-0 ގެ ލީޑު ދިފާއުކުރަން ލިވަޕޫލުން ނިކުންނާނެއެވެ.