100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ކ. މާފުއްޓަށް މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް، އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން މަގުފަހިކޮށް ދިނުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ކުޅެމުންދާ މުހިއްމު ދައުރު ފެންނަމުން. އަންނަ ކަމަށެވެ. އެ ގޮތުން، ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއެކު، އެ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒަކަށް ވެގެން ދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ.

"މިއަދު، މާފުށީގެ ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މިދަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން، އެގޮތުން ދާދި ފަހުން އަޅުގަނޑުމެންގެ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް ވަނީ އަލުން އާރާސްތުކުރެވިފަަަ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖތަަަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަަށް މަންފާވާނެ ފަދަ ޙިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަމެވެ."
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު.

ނިޔާޒް ވިދާޅުވީ، މާފުއްތަށް މި ހިދުމަތް ތައާރަފް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އުރީދޫ އިންޓަނެޓް ހިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ބްރޯޑްބޭންޑް ޕެކޭޖްތައް ވަނީ އަލުން އާރާސްތު ކޮށްފައި ކަން ނިޔާޒް ފާޙަގަ ކުރެއްވިއެވެ. އެ ގޮތުން ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ ޕެކޭޖްތަކެއް ވަނީ ތާއާރަފް ކޯށްފައި ކަމަށާއި އެއީ މާކެޓްގައި މިހާރު ރަނގަޅު ޕެކޭޖްތައް ކަމަށް ނިޔާޒް ވިދާޅުވިއެވެ

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ލިބިގެން ދާނެއެވެ. މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އާއި އެއްވެގެން ދާނެއެވެ.

މާފުށީގެ ރައްޔިތުންނަށް، އެންމެ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، މި ލިންކް ބޭނުން ކުރުމަށް އުރީދޫން ބުނެއެވެ.