ރަޝިއާއިން ދެންމެ ދެންމެ ޔޫކްރައިން ހިފާފާނެފަދަ ހާލަތެއްގައި އޮތް އިރު ގައުމު ދިފާއު ކުރަން ހުރިހާ ރައްޔިތުން ހަތިޔާރު ނެގުމަށް ޔޫކްރައިންގެ ރައީސް ވޮލަޑިމީރު ޒެލެންސްކީ ގޮވާލައްވައިފިއެވެ.

ރަޝިއާއިން މިހާރު ވަނީ ޔޫކްރައިންގެ ވެރިޔަށް ކީވް ވަށާލާފައެވެ. ރޮކެޓާއި ބަޑީގެ ހަމަލާތައް ދެފަރާތުން ބަދަލު ކުރަމުން ދާއިރު، ޒެލެންސްކީ ގޮވާލައްވާފައި ވަނީ އެއްވެސް ރައްޔިތަކު ގައުމު ދޫކޮށް ނުދިޔުމަށާއި ގައުމުގެ ދިފާއުގައި ފަހުނޭވާއަށް ދާންދެން ހަނގުރާމަ ކުރުމަށެވެ. އަދި އެއްވެސް މީހަކު އަމާން ނުދިނުމަށާއި އެންމެން ހަތިޔާރު ނެގުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ރަޝިއާއިން ބަރުހަތިޔާރާއެކު ޔޫކްރައިން އަށް އަރާ ދެމުންދާ ހަމަލާ ތަކުގައި ޔޫކްރައިންގެ މުހިންމު 6 ސަރަހައްދެއް މިހާރު ވަނީ އަތުލާފައެވެ. އެންމެ ފަހުން ލިބުނު ހަބަރުތައް ބުނަ ގޮތުން، މިހާރު މެލިޓޮޕޯލް އަތުލައި، އެއްގަމާއި ވައި އަދު ކަނޑުގެ މަގުން މިސައިލް ހަމަލާތައް ދަނީ ދެމުންނެވެ. މިހަމަލާތަކުގައި ދެފަރާތުން ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެ ގެއްލުންތަކެއް ވަމުން ދާއިރު، ރަޝިއާގެ 3000 ސިފައިން މަރާލައިފި ކަމަށް ޔޫކްރައިންގެ ހަބަރުތައް ބުނެއެވެ. އަދި ޔޫކްރައިނުންވެސް އެތައްސަތޭކަ ސިފައިންނެއް މަރުވެއްޖެ ކަމަށްވެސް ބުނެއެވެ. އެކި ފަރާތްތަކުން ހާމަ ކުރަމުން ދަނީ އެކި އަދަދުތައް ކަމަށް ވުމާއެކު ދެފަރާތުން މަރުވި ސީދާ އަދަދުތައް އަދި ސާފެއް ނުވެއެވެ.

ރަޝިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޔޫކްރައިންގައި ހުރި އަސްކަރީ 800 އަމާޒަކަށް ވަނީ ހަމަލާ ދީފައެވެ. އެގެ ތެރޭގައި މިލިޓަރީ އެއާފީލްޑްގެ 14 ތަނަކާއި 19 ކޮމާންޑް ޕޯސްޓާއި 24 އެންޓި އެއާކްރާފްޓް މިސައިލް ނިޒާމާއި 48 ރާޑާ ސްޓޭޝަން ހިމެނެއެވެ.

ޔޫކްރައިންގެ މަޝްރަހު ނުތަނަސްވެ އާންމު ރައްޔިތުންވެސް ހަތިޔާރު ނަގަން ރައީސް ޒެލެންސްކީ ގޮވާލައްވާފައި ވާ މިދަނޑިވަޅުގައި އޭނާވެސް ވަނީ ހަނގުރާމައިގެ ހެނދުން ތުރުކުރައްވައިގެން ހަނގުރާމައަށް ނުކުންނަވާފައެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ހިފަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި ދުނިޔޭގެ އެތައް މިތަނުގައި ދަނީ ރަޝިއާއާ ދެކޮޅު ޝުއޫރުފާޅުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތައް ގުޅިގެން އުފައްދާފައި ހުރި ބައެއް ޖަމްއިއްޔާތައް ކަމަށްވާ ނޭޓޯ އާއި އދ ފަދަ ގުނަންތަކުން ރަޝިއާ އަ ދެކޮޅަށް އެއްވެސް ގަރާރެއް ފާސްކުރެވޭ ގޮތެއް ނުވެއެވެ. އެ ކޮންމެ ގަރާރެއް ރަޝިއާއިން ދަނީ ވީޓޯ ކުރަމުންނެވެ.