ގިނަ އަދަދެއްގެ ބަނގުރަލާ އެކު، ޖަނަވަރީ މަގުގައި ހުންނަ ގެއަކުން ސިފައިންގެ މީހަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން މިރޭ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އެނގިފައިވާ ގޮތުގައި މިރޭ ހިންގި އޮޕަރޭޝަންގައި މިރޭ 8:30 ހާއިރު ފުލުހުން ވަނީ ދެމީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އެކަކަކީ ސިފައިންގެ މީހެއް ކަމަށް އިތުބާރު ހުރި ބައެއް މަސްދަރުތަކުގައި ބުނެފައި ވެއެވެ.

އެ މީހުން ދިރިއުޅެމުން އައި ގެއިން ގިނަ އަދަދެއްގެ ބަނގުރާ ހޯދާފައި ވާއިރު، ފުލުހުން ވަނީ 11 ފޮށިގަނޑަކާއި ދަބަހެއް އެ މީހުންނާއެކު ގެންގޮސްފައެވެ.