ރާއްޖޭގައި ދަފްތަރުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާ ތަކުގެ ތެރެއިން ގަވާއިދުން ޝާއިއު ނުކުރާ ނޫސް މަޖައްލާތައް އުވާލަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، ގާނޫނު ނަންބަރު 47/78 ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ޑިސެމްބަރު 31، 2019 ގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ޝާއިއު ނުކުރާ 31 ތަނެއް ފާހަގަ ވެފައިވާ ކަމަށެވެ.

ނޫސް މަޖައްލާ ފަދަ ތަކެތި ޝާއިއު ކުރުމާބެހޭ ގަވާއިދު (3-R/2018) ގެ 29 ވަނަ މާއްދާގައިވާ ގޮތަށް މިނިސްޓްރީން ފާހަގަ ކުރި 52 ތަން އަންނަ މަހުގެ ނިޔަލަށް ޝާއިއު ނުކުރާނަމަ އުވާލެ ކަމަށް ބުނެއެވެ.

ހޯމް މިނިސްޓްރީން އާންމު ކުރި ލިސްޓުގައި ހިމެނޭ 31 ނޫސް މަޖައްލާގެ ތެރޭގައި، 25 އޮންލައިން ނޫހާއި ތިން މަޖައްލާ އާއި ދެ ވެބްސައިޓާއި އެއް ނޫހެވެ.

މި ތަންތަނުގެ ތެރޭގައި 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ރަޖިސްޓްރީ ކޮށްފައި ހުރި ތަންތަން ހިމެނެއެވެ.